Last Updated: July 5, 00:13
Saturday, July 4, 2026
ކުޅިވަރު

ސެވިއްޔާއިން ބާސެލޯނާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި މިރޭ ސެވިއްޔާ އިން 4-1 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

މި މެޗުން ބަލިވުމުން ބާސާ އޮތީ 8 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 8 މެޗުން 21 ޕޮއިންޓު ހޯދައިގެން އޮތީ ރެއާލް މެޑްރިޑެވެ. މިއީ މިފަހަރުގެ ލީގުގައި ބާސާ ބަލިވި ފުރަތަމަ މެޗެވެ.

މި މެޗުގެ 13 ވަނަ މިނެޓްގައި ސެވިއްޔާ އިން ލީޑު ނެގިއިރު، އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. އަދި މެޗުގެ 36 ވަނަ މިނެޓްގައި އިސާކް ރޮމޭރޯ ސެވިއްޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން މާކަސް ރަޝްފޯޑް ވަނީ ބާސާއަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ބާސާއަށް ނަތީޖާ އެއްވަރުކޮށްލަން ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ސެވިއްޔާގެ ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ހޯޒޭ އެންހެލް ކާމޮނާ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ކާމިޔާބުކޮށްދީފައިވަނީ އަކޯ އެޑަމްސް އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ބާސާއިން ލީގުގައި ބައްދަލުކުރާނީ ޖިރޯނާއާ އެވެ.