Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކުޅިވަރުގެ އިތުރު 20 ޕްރޮޖެކްޓެއް އެމްޓީީސީސީ އަށް

އިތުރު 20 ރަށެއްގައި ކުޅިވަރުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި ޕްރޮޖެކްޓުތައް:

* އދ. ފެންފުށީ ވޮލީ ކޯޓާއި ދުވާ ޓްރެކް
* އދ. ހަންޏާމީދޫ ވޮލީ ކޯޓު
* އދ. އޮމަދޫ ވޮލީ ކޯޓު
* ހއ. މުރައިދޫ ފުޓްސަލް ދަނޑު
* ހއ. މޮޅަދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު
* ހއ. ދިއްދޫ ފުޓްސަލް ދަނޑު
* ރ. ކިނޮޅަސް އައުޓްޑޯ ޖިމް
* ރ. މަޑުއްވަރީ ފުޓްސަލް ދަނޑު
* ކ. ހިންމަފުށީ އައުޓްޑޯ ޖިމް
* ކ. ގުޅި އައުޓްޑޯ ޖިމް
* ކ. ތުލުސްދޫ އައުޓްޑޯ ޖިމް
* އއ. ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑު ލައިޓިންގެ މަސައްކަތް
* ތ. މަޑުފުށީ އައުޓްޑޯ ޖިމް
* ތ. ގުރައިދޫ އައުޓްޑޯ ޖިމް
* ތ. ވިލުފުށި އައުޓްޑޯ ޖިމް
* ތ. ބުރުނި އައުޓްޑޯ ޖިމް
* ގއ. ދެއްވަދޫ ވޮލީ ކޯޓު
* ގދ. ފިޔޯރީ އައުޓްޑޯ ޖިމް

ސަރުކާރުން މި ފަހުން އަންނަނީ ކުޅިވަރާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއްގެ އިތުރުން ޕޮލިސް ސްޓޭޝަންތަކާއި ހޮސްޕިޓަލް ފަދަ ތަންތަން ވެސް އިމާރާތް ކުރަން ހަވާލު ކުރަމުންނެވެ.