ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މީގެ ހައެއްކަ އަހަރު ކުރިން އިއުލާންކުރި ފިލްމު "ބައިޖޫ ބަވްރާ" ރަންބީރް ކަޕޫރް ހިމަނައިގެން ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމަކީ ރަންބީރްގެ އަންހެނުން އާލިއާ ބަޓާ އެކު، ބަންސާލީ 2022 ގައި ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އިއުލާންކުރި ދުވަސްވަރު އޮކްޓޯބަރު 27، 2019 ގައި އިއުލާންކުރި ފިލްމެކެވެ. އޭރު "ބައިޖޫ ބަވްރާ" ގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ކަމަށް އަދި ފަހުން ރަންވީރާއި ޕްރިޔަންކާ ޗޯޕްޅާ ކަމަށް އަޑު އެރުމުގެ އިތުރަށް ފިލްމުގެ ތަރިންނަކީ ރަންބީރާއި ދީޕިކާކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
ނަމަވެސް ރިޕޯޓްތައް މިހާރު ބުނާ ގޮތުން ރަންވީރު ފިލްމަށް ނެގުމުގެ ހިޔާލު ދޫކޮށްލައި ބަންސާލީގެ މިހާރުގެ ވިސްނުމަކީ ރަންބީރް ހިމަނައިގެން "ބައިޖޫ ބަވްރާ" ގެ މަސައްކަތް ފެށުމެވެ. ނަ
މަވެސް ރަސްމީ ސިފައެއްގައި މިއާ ބެހޭ އެެއްވެސް ވާހަކަ ބަންސާލީ އަދި ހިއްސާއެއް ނުކުރެ އެވެ.
On this auspicious day, we are delighted to make your Diwali happier by announcing our next endeavour♥️🙏🏻#SanjayLeelaBhansali #BaijuBawra @prerna982 #HappyDiwali pic.twitter.com/GL9VZK6nUU
— BhansaliProductions (@bhansali_produc) October 27, 2019
އޭނަ މިހާރު އަންނަނީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ލަވް އެންޑް ވޯ" ގެ މަސައްކަތް ކުރަމުންނެވެ. އޭގެ ލީޑް ތަރިންނަކީ ރަންބީރާއި އާލިއާގެ އިތުރުން ވިކީ ކޯޝަލެވެ. މި ފިލްމަކީ 2007 ގެ "ސާވަރިއާ" އިން ރަންބީރް ބޮލީވުޑަށް ނެެރުމަށް ފަހު އޭނައާ އެކު ބަންސާލީ މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ރަންވީރާ އެކު ބަންސާލީ މިހާތަނަށް ތިން ފިލްމު ހަދާފައިވެ އެވެ. އެއީ 2018 ގެ "ޕަދުމާވަތު" އާއި 2017 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ. އެ ތިން ފިލްމުގެ ވެސް ބަތަލާ އަކީ ރަންވީރުގެ އަންހެނުން ދީޕިކާ އެވެ.
ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު އަދިތިޔާ ދާރް އަންނަ ޑިސެންބަރު 5 ގައި ގެނެސްދޭ އެކްޝަން ސްޕައި ތުރިލާ "ދުރަންދާރު" އެވެ.