Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފުވައްމުލަކާއި ގަމާ ދެމެދު މޯލްޑިވިއަންގެ ދަތުރުތަކެއް

އައްޑޫ ގަމާއި ފުވައްމުލަކާ ދެމެދު ދަތުރުތަކެއް ބާއްވަން މޯލްޑިވިއަނުން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން ބުނީ ފުވައްމުލަކާއި ގަމާ ދެމެދު ދަތުރުތައް ފަށާނީ މި މަހުގެ 30 ގައި ކަމަށެވެ. އަދި ގަމުން ފުވައްމުލަކަށް ދަތުރުތައް ފަށާނީ ނޮވެމްބަރު 1 އިން ފެށިގެން ކަމަށެވެ.

މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 676ރ. އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކާ ދެމެދު މޯލްޑިވިއަނުން ދަތުރުތަކެއް ބާއްވާފައިވެ އެވެ.