Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ދަނގެތީ ބިން ހިއްކަން ހަވާލުކޮށްފި

އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާ އެ މަޝްރޫއުތައް އާ ހަވާލުކުރެީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަހިބަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ.

އެގޮތުން އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ދަނގެތިން 27.32 ހެކްޓަރުގެ ބިން ހިއްކައި، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 500 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމާއ،ި 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 66،500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް
އެޅުމާއ،ި 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރެއްވީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމާ ގޮތަށެވެ.