އދ. ދިގުރަށުގެ ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް މިއަދު އަޅައިފި އެވެ.
ބިންގާ އެޅުއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ އިބްރާހީމް ނަޘީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ރަޝީދާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން އެ އަތޮޅުގެ ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް އަޅާފައިވެ އެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.