ރާއްޖޭގެ ލީޑިން ސްޓޫޑެންޓް ކޮންސަލްޓެންސީއެއް ކަމަށްވާ ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ޒެޑެކްސް ސްޓަޑީ އެބްރޯޑް އަށް ރީބްރޭންޑްކޮށްފި އެވެ.
ކިއު ސްޓަޑީ މޯލްޑިވްސް ރީބްރޭންޑް ކޮށްފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެ ކުންފުނިން ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވަރސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފަ އެވެ. އެ ކުންފުނީގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވެ އެވެ.
ކިއު ސްޓަޑީ މޯލްޑިވްސް އިން ޒެޑެކްސްއަށް ސްޓަޑީ އެބްރޮޑަށް ރީ ބްރޭންޑް ކުރެވި، ދިވެހި ވަންތަ ޚިދުމަތްތަކެއް ދިނުމުގެ އިތުރުން، މި ޚިދުމަތްތަށް އިތުރަށް ފުޅާކުރުމަށްވެސް ކުންފުނިން ނިންމާފައިވެ އެވެ. އެގޮތުން، 2026 ގެ ނިޔަލަށް ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ 2 ދަރިވަރަކަށް "ޤިބްލަ" މެދުވެރިކޮށް އުމްރާ ދަތުރެއް ދިނުމަށް މިވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުން ކުރާ ދަތުރުތަށް ވީހާވެސް އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޒެޑެކްސްގެ އޮފިޝަލް ޓެރެވަލް ޕާޓްނަރަކަށް ކޮންސިއާރޖް ގްރޫޕް މޯލްޑިވްސް – ބަޓިކް އެއަރ ގެ ޖެނެރަލް ސޭލްސް އޭޖެންޓް ހަމަޖައްސާފައިވެ އެވެ. މީގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރިންގެ ޓިކެޓުގެ އަގާއި ކާގޯ ސާވިސަސްގެ ރޭޓު އަތް ފޯރާފަށަށް ތިރިކުރެވިގެންދާނެ އެވެ. އަދި ދަރިވަރުންނަށް އެއާޕޯޓުތަކުން ލައުންޖުގެ ސަރވިސް ލިބުން ފަދަ އެތައްކަމެއް މި ރީބްރޭންޑިންގްގެ ދަށުން ރޭވިފައިވެ އެވެ.
ރީބްރޭންޑްއާ ބެހޭގޮތުން ވާހަކަދައްކަމުން އެ ކުންފުނީގެ ވެރިފަރާތް އަހުމަދު ޒައިން ނާޒިމް ވިދާޅުވީ ވިދާޅުވީ ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ ނަމުގައި ހުޅުވާލެވިގެން މި ދާ އައު ސޮފްއާއަކީ، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި، ކުރަމުން ގެންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުން ދައްކުވައިދޭނެ ސޮފްހާއެއް ކަމަށެވެ.
ކުރިން ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ޒެޑެކްސް ސްޓަޑީ އެބްރޯޑް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކާ ދިމާލަށް ރާއްޖޭގެ ދަރިވަރުންނަށް މަގުދައްކައިދިނުމަށް ޚާއްސަ ކުންފުންޏެކެވެ.