މީޓިރޮއޮލޮޖިކަލް ބެލޫންތަކެއްގައި ވަގަށް ސިނގިރެޓް އެތެރެ ކުރަން އުޅުމާ ގުޅިގެން ލިތުއޭނިއާގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް މިއަދު ބުރޫ އަރައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައު ލިތުއޭނިއާގެ ވިލްނިއަސް ސަރަޖައްދަށް އެ ބޭލުންތައް ވަގުތެއްގައި ފޮނުވާފައި ވަނީ އަވައްޓެރި ބެލާރުސް އިންނެވެ. އެގޮތުން މިހާތަނަށް 25 ބެލޫންއެއް ޑިޓެކްޓް ކުރެވިފައިވާ އިރު އޭގެ ތެރެއިން 11 އެތި ހިފަހައްޓާފައިވެ އެވެ.
އެ ތަކެތީގައި ހުރި ސިނގިރެޓް ފޮށިތަކުގެ 18،000 އަށް އަރާ ކަމަށް ސްޓޭޓް ބޯޑާ ގާޑް ސާވިސް އިން ބުންޏެވެ.
ލިތުއޭނިއާގެ ނެޝަނަލް ކްރައިސިސް މެނޭޖްމަންޓް ސެންޓަރު އެންސީއެމްސީ) އިން ބުނީ ބެލާރުސް އިން ފޮނުވި ބެލޫންތަކުގެ ތެރެއިން ދޭތި ވިލްނިއަސް އެއާޕޯޓްގެ ވައި ސަރަހަދަށް ވަދެފައިވާތީ، އެއާޕޯޜްޓެ އޮގަޕެޝަންތައް ދެ ގަޑިއެއްހާ އިރަށް ހުއްޓުމަަށް އަައި ކަމަށެވެ. މީގެ ސަބަބުން 30 ފްލައިޓެއް ކެންސަލް ކުރަން ޖެހި، 6،000 ދަތުވެރިންނަށް އަސަރު ކުރި އެވެ.
އެންސީއެމްސީން ބުނި ގޮތުގައި ލިތުއޭނިއާގެ ވައިގެ ސަރަހައްދުން އަދިވެސް ބެލުންތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ކަމަށް ތައްޔާރީ ހާލަތުގައި ތިބި ކަމަށް ބުންޏެވެ.
މި އަހަރުގެ މިހަތަނަށް ބެލާރުސް އިން ލިތުއޭނިއާ އަށް 544 ބެލޫން ފޮނުވާ އިރު، މިދިޔަ އަހަރު އެ ޒާތުގެ ބެލޫންތަކުގެ އަދަދު 966 އަށް އަރަ އެވެ.