މާލޭގައި ރޭ މާރާމާރީ ހިންގި ދެ ބިދޭސީން ޑީޕޯޓުކޮށްލަން ނިންމައިފި އެވެ.
އަސުރުމާ ގޯޅީގައި ރޭ ހިނގި މި މާރާމާރީގައި އެކެއްގެ ބޯ ފެޅި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.