ކޮންމެ އަހަރަކު އޮންނަ "އިންޑިއާ – މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް"ގެ ވަފުދާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ބައްދަލުކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ޤައިމްކޮށްފައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ރާޖޭޝް ކުމާރު ސިން އެވެ. އަދި މި ވަފުދުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިންޑިއާގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.