Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކޮކޮނަޓް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ކޮންސަލްޓެންޓެއް ހޯދަނީ

އެގްރިކަލްޗަ މިނިސްޓްރީގެ ކޮކޮނަޓް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަން އިއުލާންކޮށްފިި އެވެ.

އެ މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3309333 އަދި 3309331 އިން ހޯދޭނެ އެވެ.

ކޮކޮނަޓް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ކޮންސަލްޓެންޓަކު ހޯދަން ހުޅުވައިލި އިރު، އދ. އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަ" އެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް އެގްރިކަލްޗަ މިނިސްޓްރީން އޮތީ ފަށައިފަ އެވެ. އެ މެދުވެރިކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް، ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށް އޮތީ ނިންމައިފަ އެވެ.