Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ތުލުސްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

ކ. އަތޮޅުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެގޮތުން ތުލުސްދޫގައި ހިދުމަތް އިފުތިތާހުކުރީ ރޭގަ އެވެ.

ޕާސްޕޯޓްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ އިރު، މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ އަމާޒެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމްރޭޝަނުން ބުނީ ރައީސްގެ ވަޢުދާ އެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ނުފެށި އޮތީ މިހާރު އެންމެ އަތޮޅެއްގައި ކަމަށެވެ. އެއީ އދ. އަތޮޅެވެ.