ފެބްރުއަރީ 8 ގެ ހާދިސާގައި އަންދާލި ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތުކޮށް ގައިދީން ބައިތިއްބާ ތަނެއްގެ ގޮތުގައި ބޭނުން ކުރަންފަށައިފިއެވެ.
ހިތަދޫ ޕޮލިހުން ބުނީ މިތަން މަރާމާތުކޮށްފައިވަނީ ތަފާތު މައްސަލަ ތަކުގައި ހައްޔަރު ކުރާ ގައިދީން ބޭތިއްބުމަށެވެ.
ފެބްރުއަރީ 8 ގެ ހާދިސާގައި ވަރަށް ބޮޑަށް ގެއްލުންދީ ހަލާކުކޮށްފައިވާ މިއިމާރާތް މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު މިހާރު މަރާމާތުކޮށްފައިވަނީ ތަފާތު ކުށްތަކުގައި އައްޑޫއިން ހައްޔަރުކުރާ ކުށްވެރިން ގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ގިނަވެ އެމީހުން ބޭތިއްބުމުގެ ދަތިތަކާއި ކުރިމަތިވާތީ ކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.
މީގެ ކުރިން އައްޑޫން ހައްޔަރު ކުރާ ކުށްވެރިން ބައިތިއްބަފައިވަނީ ސްޓޭޓް ހައުސްގެ ތެރޭގައާއި ގަމުގެ ޕޮލިސް ސްޓޭޝަންގައިއެވެ. މި ސްޓޭޝަން ގައި ކުރިންވެސް ގައިދީން ބޭއްތިބުމަށް ގޮޅިތައް ވަނީ ހަދާފައިއެވެ.
އައްޑޫގައި މިހާރު ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ހައްޔަރުކޮށްފައިއެވެ. ނަމަވެސް ހައްޔަރު ކުރި މީހުނާއި އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.