Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މާމިގިލީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި

އދ. މާމިގިލީގައި އިމާރާތް ކުރާ 30 އެނދުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް މިއަދު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމް ވެސް ބައިވެރިވެވަޑައިގަތެވެ.

މާމިގިލީ ހޮސްޕިޓަލް މަޝްރޫއު ފައްޓަވައި ދެއްވީ ގާސިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

މާމިގިލީ ހޮސްޕިޓަލް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވޭނެކަމަށް ސަރުކާރުން ބުނެ އެވެ. މިއީ 105 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.