ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބްރާންޗެއްގެ ބިންގާ މިއަދު އަޅައިފި އެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރަޢީސް ޑރ. މުޙައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗްގެ ބިންގާ އަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމްގެ އިތުރުން ރަށު ކައުންސިލްގެ ރައީސެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފް-ސާވިސް ބޭންކިން ސެންޓަުރ، 248 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތެއް ބީއެމްއެލުން އަންނަނީ ފޯރުކޮށް ދެމުންނެވެ.