Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ދީނީ ފޮތްތައް ތަރުޖަމާ ކުރަން ޢިލްމުވެރިންގެ ޕޫލެއް

ބޭރުގެ ބަސްބަހުން ލިޔެފައި އހުންނަ ދީނީ ފޮތްތައް ތަރުޖަމާކުރުމަށް ދީނީ ޢިލްމުވެރިންގެ ޕޫލެއް އެކުލަވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ ޕޫލުގައި ބައިވެރިވާން ބޭނުންވާ ދީނީ ޢިލްމުވެރިން މި މަހުގެ 13 ގެ ކުރިން ރަޖިސްޓްރީވާން އެދޭ ކަމަށެވެ. މި ލިންކް forms.office.com މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ.

އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު މި ނަންބަރު 9870144 އިން ހޯދޭނެ އެވެ.

އިސްލާމީ ޢިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބޮޑު މަޝްރޫޫއެއް ފަށައި އެ މަޝްރޫއުގެ ދަށުން މިދިޔަ އަހަރު މިނިސްޓްރީން ފުރަތަމަ ފޮތް ނެރެފައިވެ އެވެ.

އެގޮތުން ފުރަތަމަ ތަރުޖަމާ ކުރި ފޮތަކީ "އިސްލާމް ދީނުގައި ބައިނަލްއަޤުވާމީ ގުޅުންތައް" މި މަޢުޟޫއުއަށް ޑރ.ވަހުބާ އައްޒުޙައިލީ ލިއުއްވާފައިވާ ފޮތެކެވެ. މި ފޮތް ދިވެހި ބަހަށް ތަރުޖަމާކުރެއްވީ އަލްއުސްތާޒް އިބްރާހިމް ރަޝީދު މޫސާ އެވެ.

އިސްލާމިކް މިނިސްޓްރ ޑރ .މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން އިސްލާމީ ޝަރީއަތާއި އިސްލާމިކް ސްޓަޑީސްގެ ދާއިރާއިންނާއި އަދި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވަމުން އަންނަ ދަރިވަރުންނަށް ބޭނުންވާ އިސްލާމީ ޢިލްމުގެ ވަރަށް މުހިންމު ފޮތްތަކެއް ތަރުޖަމާކޮށް ނެރޭނެ އެވެ.