Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އަންނަ އަހަރު އޮޑިޓް އޮފީހަށް 134 މިލިއަންގެ ބަޖެޓެއް

އަންނަ އަހަރަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން 134 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ އޮފީހުން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަޖެޓާ ގުޅޭ މަޢުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަން ޖެހޭ ބަޖެޓެކެވެ. އެގޮތުން އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެ ވެ.

އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަ ޖެނެރަލްގެ އޮފީހުން 134 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި އިރު، މިއީ އެ އޮފީހުގެ މި އަހަރުގެގެ ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާގެ އިތުރު ޢަދަދެކެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ރިކަރަންޓު ޚަރަދަށް 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 މިލިޔަން ރުފިޔާ ހިމެނޭހެން ޖުމްލަ 92 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނި ގޮތުގައި އަންނަ އަހަރުގެ ބަޖެޓް ބޮޑުވީ އެކި ޑިޕާޓްމަޓުތަކަށް ސީނިއާ އޮޑިޓަރުން ނަގަންޖެހޭތީ އާއި މިހާރު ވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަ އޮޑިޓަރެއް ނެތި ކަމަށްވާތީ އެވެ. އަދި މިދިޔަ މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވޯކަށް ބަދަލުކޮށްފައިވާ އިރު އެ މުވައްޒަފުންގެ މުސާރައަށް ވެސް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާ ކަމަށްވެސް އޮޑިޓު އޮފީހުން މާލިއްޔަތު ކޮމިޓީގައި ބުންޏެވެ.