Last Updated: July 4, 17:07
Saturday, July 4, 2026
ޚަބަރު

މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން ދެ މީހަކު ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މުޒާހަރާއިން ހައްރުކޮށް ބަންދުގައި ތިބި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށީ ބޭސްފަރުވާ ދިނުމާއި ތަހުގީގުގެ ކަންކަން ފުލުހުން ލަސްކުރަމުންދާތީ ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ހައްޔަރުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ފައްޔާޒު ވަނީ ގޮވާލާފަ އެވެ.

މުޒާހަރާއިން ހައްޔަރުކޮށް ބަންދުކުރި މީހުން:

1- މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު (ބަންދަށް 15 ދުވަސް)
2- މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ (ބަންދަށް 15 ދުވަސް)
3- މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު (ބަންދަށް 15 ދުވަސް)
4- އަލީ ޖުމާން (ބަންދަށް 15 ދުވަސް)
5- އަޒީމް އަލީ (ބަންދަށް 15 ދުވަސް)
6- ހަސަން ޝާކިރު (ބަންދަށް 15 ދުވަސް)