Last Updated: July 4, 13:51
Saturday, July 4, 2026
ޚަބަރު

ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ވައުދު ފުއްދައިފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ތައާރަފް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށްވާއިރު، މި ވައުދު ފުއްދާފައިވަނީ އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކު އެވެ.

މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރައީސަށް، ޕާސްޕޯޓާއި އައިޑީކާޑު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދޭން ފެށުނުކަން ފާހަގަ ކުރުމަށް ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ތައާރަފް ކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑު ޔުނިޓް ނުވަތަ ޑީއެންއާރުގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލް "ނާރެސް" މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އިފްތިތާހުކޮށްފަ އެވެ. ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބިގެންދާނެ އެވެ.