Last Updated: June 8, 18:49
Monday, June 8, 2026
މުނިފޫހިފިލުވުން

ޓިމޮތީގެ 'މާޓީ ސުޕްރީމް' ޑިސެމްބަރު 25 ގައި

ހޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ޓިމޮތީ ޝެލަމޭގެ އާ ފިލްމު "މާޓީ ސްޕްރީމް" އަންނަ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތައްޔާރުވެއްޖެ އެވެ.

މި ސްޕޯޓްސް ކޮމެޑީ ޑްރާމާ އިއްޔެ ރޭ ވަނީ މިހާރު ކުރިއަށްދާ ނިއު ޔޯކް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކޮށްފަ އެވެ. އެއާ އެކު "މާޓީ ސުޕްރީމް" އަށް ކްރިޓިކުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބި، ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. ފެސްޓިވަލް ޕްރީމިއާގައި ފިލްމު ބެލި ވަރަށް ގިނަ ބަޔަކު ވަނީ މިއީ ޓިމޮތީގެ ކެރިއަރުގައި އެންމެ މޮޅު އެކްޓިންއެއް ދެއްކި ފިލްމު ކަމަށް ބުނެފަ އެވެ.

އެހެންވެ ސިނަމާތަކުގައި އާންމުން މި ފިލްމު ތަޖުރިބާކޮށްލުމަކީ ވަރަށް ވެސް އުފަލަކަށް ވާނެ ކަމަށް ބުނެ އެވެ.

"މާޓީ ސުޕްރީމް" އަކީ ޖޯޝް ސެފްޑީ ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމެކެގެ. ޖުމްލަ 70 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ ކާސްޓްގައި ވިނިތު ޕާލްޓްރޯ، އޮޑެސާ އެޒިއޯން، ކެވިން އޮ'ލީރީ ޓައިލާ އޮކޯންމާ، އަބެލް ފެރާރާ އަދި ފްރޭން ޑްރެޝާ ފަދަ ތަރިން ހިމެނެ އެވެ.

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކައިލީ ޖެނާއާ މިހާރު ރައްޓެހިވެގެން ޓިމޮތީ "މާޓީ ސުޕްރީމް" އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބާރަށް ކުރިއަރަމުން އަންނަ 29 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އެމެރިކާގެ ކުރީގެ މިއުޒިޝަން ބޮބް ޑިލަންގެ ބައޮގްރަފިކަލް ޑްރާމާ "އަ ކޮމްޕްލީޓް އަންނޯން" އެވެ.

ޓިމޮތީގެ ކުރިއަށް ހުރި ޕްރޮޖެކްޓްކުގެ ތެރޭގައި "ޑޫން: ޕާޓް 3" ހިމެނެ އެވެ.