Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކުނބުރުދު އަށް ބީއެމްއެލްގެ އޭޓީއެމެއް

އދ. ކުނބުރުދޫގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.

އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ .ގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުނބުރުދު އަށް ވަޑައިގެންނެވެ.

އދ. ކުނބުރުދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 15 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކޮށްގައިވެ އެވެ.