މި ސަރުކާރުގައި ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ ކަމަށާއި އެކަން ކުރަން މިހާރު އެއްވެސް ހުރަހެއް ވެސް ނެތް ކަމަށް މަޖިލީހުގެ ވެލީދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ސޯޝަލް މީޑިއާގައި ވިދާޅުވީ ކޮށި ވިސްނުމެއްގައި ތިއްބަވާފައި މިއަދު އަޑަށް ބާރުލައްވާފައި ކޮންމެ އެއްޗެއް ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް ހުރިހާ ސިޔާސީ ލީޑަރުންތަކެއް މި ސަރުކާރުން ޖަލަށް ލާނެނަކް ޗެލެންޖުކޮށްފައި ދަންނަވާ ކަމަށެވެ.
"މި ދަންނަވަނީ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ.އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތް ގޮތަށް ކުރައްވަން ޖެހޭ އެންމެ ބޮޑު މަސައްކަތް މިހާރު ވަނީ ކުރައްވާފައި،" އައްބާސް ވިދާޅުވި އެވެ. "ދެން ކުރައްވަން ޖެހޭ މަސައްކަތްތަށް ރޭވުންތެރިކަމާ އެކު އެ ދަނީ ކުރަމުން."
އޭނަ ވިދާޅުވީ ދިނިޔޭގައި ތިބި ބަޔަކަށް ލަސްތަކެއް ނުވެ ބޮޑު މަންޒަރު ފެންނަން ފަށާނެ ކަމަށެވެ.
"އިންސާފު ލިބޭނެ ހަމަ އެއް ތަނެއްވެސް މިހާރަކު ނޯންނާނެ. އެއްބާރުން އަނެއް ބާރަށް ފާޑުކިޔައި ޖަވާބުދާރީ ކުރުވާނެ އެއްވެސް ބާރެއް މިހާރަކު ނޯންނާނެ،" އައްބާސް ވިދާޅުވި އެވެ. "ރައްޔިތުންނަށް މި ވަނީ އަމިއްލައަށް ކެހި ކަޑުލުގެ ހިތި ފިލުވަން ޖެހިފައި ވަނީ ރައްޔިތުންނަށް."