Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކުނބުރުދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ފަށައިފި

އދ. ކުނބުރުދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް މިއަދު ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްަރު ޢަލީ އިޙްސާނާއި ޕޮލިސް ކޮޝަނަރު އިސްމާޢީލް ނަވީން އާއި މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ އިބްރާހީމް ނަޒީމްގެ އިތުރުން މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތޯރިގާއި ކުނބުރުދޫ ރަށު ކައުންސިލްގެ މުޙައްމަދު އަޒުމީ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.