Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އޭޖީ އޮފީހުގެ ވެރިޔަކު ޑްރަގާ އެކު ހައްޔަރުކޮށްފި

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި އޭނައާ އެކު ފިރިމީހާ އަހްމަދު އަޒްހާދު ވެސް ހައްޔަރުކޮށްފައިވެ އެވެ.

އެ ދެމަފިރިން ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ 'ރެއިންކްރެސްޓް' ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށެވެ. އަދި އެތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ފެނިފައިވެ އެވެ. އެވެ.

ނަމަވެސް މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

ފައެނާ،، 33، އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭނަ ފައެނާ އޭޖީ އޮފީހުގައި މަސައްކަތް ކުރަން ފެށީ 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.