Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކުނބުރުދު އާއި މަންދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

އދ. ކުނބުރުދު އާއި އެ އަތޮޅު މަންދޫގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް މިއަދު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ކުނބުރުދު އާއި މަންދޫގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު އެވެ. އަރިހުގައި މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

 

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.