ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބުނީ އެ ރަށުެ ދެ ބައެއްގެ ދެމެދުގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 29 އަހަރުގެ ތިން ފިރިހެނުންނާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މާރާމާރީގެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.