Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ނޫސްވެރިން ވެސް މާލީ ބަޔާން ހާމަކުރަން ޖެހޭ

ނޫސްވެރިންނާއި މީޑިއާތަކުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލު ގެންނާނެ ކަމަށާއި ނޫސްވެރިންނާއި މީޑިއާތަކުން ވެސް މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށެވެ.

"ދައުލަތުން ސްޕޮންސާގެ ގޮތުގައި އެއްޗެއް ހޯދިޔަސް. ސްޕޮންސާގެ ގޮތުގަ އެއްޗެއް ލިބޭނެ ގޮތަށް ދާއިމީ ގޮތަށް ހަމަޖެހިފައި ހުއްޓަސް. އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްވެރިޔެއް ވިޔަސް. ނޫސްތަކެއް ވިޔަސް. ޓީވީތަކެއް ވިޔަސް،" ދާދި ފަހުން ނޫސްވެރިން އުލުބައިންދަން ގޮވާލެއްވި މެންބަރު ވިދާޅުވި އެވެ. "އެ ހުރިހާ ފަރާތްތަކުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މިކަން އިސްލާހު ކުރަން ޖެހޭ."

މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭތީ ނޫސްވެރިންނާއި މީޑިއާތަކުން ވެސް މާކލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވެފައިވެ އެވެ.

އޭނަ މިއަދު ވިދާޅުނީ ބަޔާން ބަޔާން ހުށަހެޅުމާ ބިލުގެ ތެރެއިން ނޫސްވެރިންނާއި މީޑިއާަކުން ވެސް ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހު ކުރަން ބޭނުން ވަނީ ދައުލަތުގެ ފައިސާއިން މީޑިއާތަކަށް ދޭ ސްޕޮންސާތައް ހިމެނޭހެން، ދައުލަތުގެ ފައިސާ ހަރަދުކުރެވޭ ގޮތް ބެލުމަށް ކަމަށް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރައީސް މުހަައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

ސަރުކާރުން ދާދ ފަހުން މީޑިއާތަކަށް ދޭން ނިންމި މާލީ އެހީ އަށް ކުރިމަތިލާން ހުޅުވައިލި އެވެ.