މި އަހަރުގެ މިހާތަނަށް 95 ރަށުގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އދ. މަންދޫގައި މިއަދު ހުޅުވި އޭޓީއެމްއާ އެކު، މި އަހަރުގެ ތެރޭގައި 95 ރަށުގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ.
މާލެ ފިޔަވައި އޭޓީއެމް ގާއިމުކޮށްފައިވާ ޖުމްލަ ރަށްތަކުގެ އަދަދު 176 އަށް އަރާފައިވާއިރު، ބީއެމްއެލްގެ އޭޓީއެމްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 250 އަށް އަރާފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިހާރު ރާއްޖޭގައި އޭޓީއެމް ނުބެހެއްޓި ވަނީ ޖުމްލަ 10 ރަށުގަ އެވެ. މި މަސް ނިމުމުގެ ކުރިން އެ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ބީއެމްއެލް އިން އަންނަނީ ކުރަމުންނެވެ.