އޭނަގެ ބައްޕަ ވަރަށް ބައިވަރު ގެރިބަކަރި ގެންގުޅެއެވެ. އެ ތަކެތި ބަލަހައްޓަނީ ޔަޒީދު ކިޔާ ޞާލިޙު މީހެކެވެ. ޔަޒީދަކީ އޭނާގެ މަސައްކަތުގައި ވަރަށް ފަރުވާތެރި އަދި އިޚްލާޞްތެރި މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. އޭނަ ދުވާލު ގެރިބަކަރި ބަލަހައްޓައި، ރޭގަނޑު އަމާނާތްތެރި ބަލަދުވެރިއެއްގެ ގޮތުގައި ހުރެއެ އެވެ. އެ ޒުވާނާގެ ބައްޕަ އޭނާއަށް ހަދައި ދީފައިވާ ކުޑަ ގެއެއް އެ ބޮޑު ސަހަރާގެ މެދުތެރޭގައި ހުރެ އެވެ.
އެ ޒުވާނާ ބުންޏެވެ! "އަހަރެން ޔަޒީދުގެ ޙާލުއަޙުވާލު ބަލައި، އޭނާއަށް ބޭނުންވާ ތަކެތި ގެންގޮސްދިނުމަށް ބައެއް ފަހަރު ޒިޔާރަތްކުރަމެވެ. އެއް ދުވަހަކު އަހަރެމެން އެންމެން އެކުގައި ތިއްބާ ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވިއެވެ. އޭރު އޭނާގެ މޫނުމަތި ބަދަލުވެގެން ދިޔައެވެ. އަހަރެންގެ ބައްޕަ ކަންބޮޑުވެފައި އޭނާއާ ސުވާލުކުރިއެވެ. ކިހިނެއް ވީ ޔަޒީދު؟" ހިތާމައިން ފުރިފައިވާ އަޑަކުން އޭނާ ބުންޏެވެ.
"އަހަރެންގެ މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އަހަރެން ވަގުތުން އޭނާ މަންމަގެ ގާތަށް ދާން ޖެހެއެވެ. ދެން އޭނާ އަވަސް އަވަހަށް ތެދުވެ، ފަހަތަށް ބަލައިނުލާ ޞަޙަރާ ތެރޭގައި ހިނގައިގަތެވެ. އަހަރެންގެ ބައްޕަ އޭނާއަށް ގޮވާލިއެވެ. "މަޑުކުރާށެވެ! އަހަރެން ތިބާ ޖަމަލުގައި ގެންގޮސް ދޭނަމެވެ! އެކަމަކު އޭނާ ޖަވާބެއް ނުދެއެވެ. ލޮލުކޮޅަށް އޮބާލަން ދެން ނުވިސްނޭ ބަސްތަކެއް ބުނަމުން ދިޔަ އެވެ. އަހަރެން އަހަރެންގެ ބައްޕައަށް ބަލައި ބުނީމެވެ.
"ބައްޕާގެ މާތް ﷲ ތިބާއަށް ހެޔޮ ބަދަލު ދެއްވާށި އެވެ. މިއީ މަކަރުވެރިއެކެވެ. އަހަރެމެން ދޫކޮށް ފިލައިފި އެވެ." އަހަރެންގެ ބައްޕަ ހަމަޖެހިލައިގެން ޖަވާބު ދިނެވެ. ހިތްތަކުގައި އޮތް އެއްޗެއް އެނގިވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އަށެވެ. ކެތްތެރިވެ، ދަރުމަ އެދޭށެވެ. އިތުރަށް ބައްޕަ ބުންޏެވެ. އަހަރެން އެހެން ރާޢީއަކު މީހަކު ހޯދާނަމެވެ.
އަހަރެން ބައްޕަ އަށް ބުނީމެވެ: "އޭނާ އަނބުރާ އަންނަންދެން އަހަރެން އޭނާގެ ބަދަލުގައި ގެރިބަކަރިތައް ބަލަހައްޓަން ތިބޭނީ އެވެ. އޭނާ ގިނަ ދުވަހެއް ހޭދައެއް ނުކުރާނެއެވެ. އަހަރެންގެ ބައްޕަ އަހަރެންގެ ވާހަކައިން އުފާވެ، ޙާލު އަޙްވަލު ބަލަން އަންނާނެ ކަމަށް ބުނެ ވަކިވެގެން ދިޔައެވެ.
އަހަރެން އެކަނި އެ ބިރުވެރި ޞަޙާރާގައި ހުރީމެވެ. ވައިގެ އަޑާއި ބަކަރިތަކުގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެ އެވެ. ކުއްލިއަކަށް ކައިރީގައި ހުރި ފެންވަޅުން ތޫލި އަޑެއް އިވުނެވެ. އަހަރެން އަވަސް އަވަހަށް އެތަނަށް ދުއްވައިގަތީމެވެ. ފެންވަޅުގެ އެތެރެ އަށް ބެލީމެވެ. އެކަމަކު އެއްވެސް މީހަކު ނުފެނުނެވެ! އެ އަޑު އެއްކޮށް ގެއްލިގެން ދިޔައެވެ. އަހަރެން ހިތަށްއެރީ އެއީ އަހަރެންގެ ޚިޔާލުން އުފެދުނު އަޑެކެވެ. އަހަރެން އާދައިގެ މަތިން މަސައްކަތަށް އެނބުރި ދިޔައީމެވެ.
ރޭގަނޑުވެގެން ދިޔަ އިރު، އެތަން ވަރަށް އަޖައިބު ގޮތަކަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ކޮންމެވެސް މީހަކު އަނދިރީގައި ބަލަހައްޓައިގެން ހުންނަ ހެން ހީވާ ގޮތަށެވެ. އަހަރެން ބޯ އުފުލާލީމެވެ. އެހިނދު، އަހަރެންނާ މާ ދުރުނޫން ހިސާބެއްގައި ބޮޑު ބުޅަލެއް އޮއްވައި ފެނުނެވެ. އޭގެ ބޮޑު ދެ ލޮލުން ކަޅި ޖަހައިނުލާ އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ.
އަހަރެން އެ ބުޅާ ފޮނުވާލަން މަސައްކަތްކުރީމެވެ. އެކަމަކު އެ ބުޅާ ޙަރަކާތެއް ނުކުރިއެވެ. ދެން އެ ބުޅާ ދުރަށް ގޮސް ގެ ކައިރީގައި އިށީނދެއްޖެއެވެ. ޞަޙަރާ ތެރޭގައި ގަދަ އަޑުތަކެއް އިވެން ފެށިއެވެ. އަހަރެން ގެއަށް ވަދެ، ދޮރު ރަނގަޅަށް ލައްޕާލީމެވެ. އެހިނދު، ބޭރުގައި ވައިގެ ގަދަ އަޑެއް އިވުނެވެ. އަހަރެން ދޮރު ހުޅުވާލި އިރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ! ވައިގަދަ ވެފައެއް ނެތެވެ.
ވާރޭ ވެސް ވެހިފައެއް ނެތެވެ. ހަމައެކަނި ބުޅަލުގެ އަޑާއި ފުޅީގެ އަޑު ރޭގަނޑުގައި އަޑު އިވެއެވެ. ބަކަރިތަކުގެ ތެރޭގައި ހަލަބޮލިކަން އުފެދުނެވެ. އެ ޖަމަލުތައް ބިރުން ފިލަން މަސައްކަތް ކުރަމުން ދިޔައެވެ. ނުފެންނަ އެއްޗެއް ފެނުނު ކަހަލައެވެ. އަހަރެން ޚަންޖަރު ހިފައިގެން ނުކުމެ، ކީރިތި ޤުރްއާން ކިޔަވަން ފެށީމެވެ.
އެ ޖަމަލުތައް ހަމަޖެހި، ހިމޭންވެގެން ދިޔައެވެ. އަހަރެން އެ ޖަމަލުތަކާ ކައިރީގައި އިށީނދެ، އެ ޖަމަލުތަކުގެ ހޫނުން ހަށިގަނޑު ހޫނުކޮށްލަމުން، އުޑަށް ބަލަހައްޓައިގެން އިނީމެވެ. ކޮންމެވެސް އެއްޗެއް އަހަރެންގެ ފަހަތުން އަވަސް އަވަހަށް ހިނގާ އަޑެއް އިވުނެވެ.
ކޮންމެވެސް މީހަކު ގެއަށް ވަދެއްޖެހެން ހީވިއެވެ! އަހަރެން ޚަންޖަރު ހިފައިގެން ގެއާއި ދިމާއަށް ދުއްވައިގަތީމެވެ. އެކަމަކު އެތެރެއަށް ވަދެވުނު އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
އަހަރެން ޚިޔާލުން އެކަން ދެކުނީ ބާވައެވެ؟ އަހަރެންގެ ވަހުމުން އެކަން ދެއްކުނީ ބާވަ އެވެ؟ އަހަރެން ދެބަދޭތެރޭގައި އޮއްވައި ފަތިސްވެގެން ދިޔަ އެވެ. އަދި ހެނދުނު ގެއިން ނުކުތް އިރު، އަހަރެންނަށް ދިމާވި އަހަރެން އެއްގޮތަކަށްވެސް އުންމީދުކޮށްފައި ނެތް ކަމެކެވެ. އަހަރެން ގެއިން ނުކުތް އިރު، އަހަރެންގެ ލޮލަށް ފެނުނު މަންޒަރުން އަހަރެން ސިހިގެން ދިޔައީމެވެ. ބަކަރިތައް ހުރިހާ ޖަމަލުތަކެއް ވަށައިގެން އެއްވެ، އެއްވެސް ޙަރަކާތެއް ނެތި ހުއްޓިފައި ތިއްބެވެ. ޖަމަލުތަކުގެ ލޯތައް ހުޅުވިފައި ހުރީ ބިރުވެރިކަމުގެ ނިޝާންތަކާ އެކުގަ އެވެ.
އަހަރެން އަވަސް އަވަހަށް އެ ޖަމަލުތަކާ ހަމައަށް ދުވެފައި ގޮސް، އެ ޖަމަލުތަކުގެ ހާލު ބަލަން ފެށީމެވެ. ކައިރިން ބެލި އިރު، އެ ޖަމަލުތަކުގެ ގައިން އެއްވެސް ޒަޚަމެއްގެ ނިޝާނެއް ނުފެނުނެވެ. އެކަމަކު އެ ޖަމަލުތަކުގެ ހަށިގަނޑު ފިނިވެފައި ހުރިވަރުން، އެ ޖަމަލުތައް ވަނީ މަރުވެފައިވާކަން އެނގުނެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިގެން ދިޔައެވެ. މިއީ ކިހިނެއް ވެގެން ހިނގައި ދިޔަ ކަމެއްކަން އަހަރެންނަށް ނޭނގުނެވެ.
އަހަރެން ވަގުތުން ބައްޕައަށް ގުޅާލީމެވެ. އަހަރެންގެ އަޑުގައި ހުރި ބިރުވެރިކަން ފާހަގަ ކުރެވުމާއެކު، ބައްޕަ ވަގުތުން އެތަނަށް އައުމަށް ނިންމިއެވެ. ބައްޕަ އައުމާ ހަމައަށް، އަހަރެން އެތަނުގައި ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ބައްޕަ އައިސް، އެ މަންޒަރު ފުނުމުން މޫނުމަތިން ޝޮކެއް ލިބުނުކަން ފާހަގަ ކުރެވުނެވެ. ބައްޕަ ވަށައިގެން ބަލައި، ކޮންމެ ޖަމަލެއް ވަކިން ޗެކްކުރިއެވެ. ދެން އަހަރެންނާ ދިމާއަށް އެނބުރި، ސީރިއަސް ރާގެއްގައި ބުންޏެވެ. މިއީ ޠަބީޢީ ގޮތަކުން ހިނގާފައިވާ ކަމެއް ނޫނެވެ. މިއީ ޖިންނިންގެ ޢަމަލެއް ކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެންގެ ބައްޕަގެ ބަސްތަކުން އަހަރެންގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދުނެވެ. ބައްޕަ އިތުރަށް ބުންޏެވެ.
އަހަރެމެން މިހާރުން މިހާރަށް މިތަނުން ދާންޖެހެއެވެ. މިތަނަކީ އަހަރެމެންނަށް ރައްކާތެރި ތަނެއް ނޫނެވެ. "އަހަރެމެން އަވަސް އަވަހަށް އެތަނުން ފުރައިގެން ދިޔައީމެވެ. ދަތުރުމަތީގައި، އަހަރެންގެ ބައްޕަ އަހަރެންނަށް ކިޔައި ދިނީ ޔަޒީދުގެ ވާހަކަ އެވެ. އޭނާ ބުނި ގޮތުގައި، ޔަޒީދު ކުރިން ވެސް މިފަދަ އަޖައިބު ކަންތައްތަކެއް ތަޖުރިބާކޮށްފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވެ އެވެ.
ގެއަށް އައިސް، ބައްޕަ ވަގުތުން ދީނީ ޢިލްމުވެރިއަކަށް ގުޅާލިއެވެ. އެ ޢިލްމުވެރިޔާ އަހަރެމެންގެ ގެއަށް އައުމަށް އެއްބަސްވިއެވެ. އޭނާ އައިސް، އަހަރެމެންނަށް ދިމާވި ހާދިސާގެ ތަފްޞީލު އަޑުއެހުމަށްފަހު، ފުން ވިސްނުމަކަށްފަހު ވިދާޅުވިއެވެ.
"މިއީ ޖިންނިންގެ ޢަމަލެއް ކަމާމެދަކު ޝައްކެއް ނެތެވެ. އެކަމަކު ތިޔަބައިމީހުން ބިރުގަންނާކަށް ނުޖެހޭނެ އެވެ. އަހަރެމެން މާތް ﷲ ގެ ޙިމާޔަތާއި ރައްކާތެރިކަން އެދި ދުޢާ ކުރާނީ އެވެ. އަދި ތިޔަބައިމީހުންގެ ގެއާއި މުދަލު ރައްކާތެރިކުރުމަށް ބައެއް ދުޢާތަކާއި ޛިކުރުތައް ކިޔަވަން ދަސްކޮށް ދޭނަމެވެ. އެ
ޢިލްމުވެރިޔާ އަހަރެމެންނަށް ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތަކާއި ދުޢާތައް ކިޔަވަން ދަސްކޮށް ދެއް ވިއެވެ. އަދި އަހަރެމެންގެ ގޭގައި ރުޤުޔާ ކުރެއްވިއެވެ. އޭނާ އަހަރެމެންނަށް ނަޞޭޙަތްތެރިވެ ވިދާޅުވި އެވެ؛ "އީމާންކަން ވަރުގަދަކޮށް، މާތް ﷲ އަށް ތަޤްވާވެރިވާށެވެ. ނަމާދުތައް ވަގުތަށް އަދާކުރާށެވެ. ޤުރްއާން ކިޔެވުމާއި ޛިކުރު ކުރުން ގިނަކުރާށެވެ. މިކަންކަމަކީ ޝައިޠާނާގެ ވަސްވާހުންނާއި ޖިންނިންގެ އަނިޔާއިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ވަސީލަތްތަކެވެ."
އެ ދުވަހުން ފެށިގެން، އަހަރެމެންގެ ޢާއިލާ އިސްލާމް ދީނުގެ ތަޢާލީމުތަކަށް އިތުރަށް ސަމާލުކަން ދޭން ފެށި އެވެ. އަހަރެމެން ކޮންމެ ދުވަހަކު ވެސް ޤުރްއާން ކިޔަވައި، ޛިކުރުކޮށް، ދުޢާކުރަމެވެ. މި ކަންކަމުގެ ސަބަބުން އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ލިބިގެން ދިޔަ އެވެ.
ޔަޒީދުގެ ވާހަކަ ދެން އަހަރެމެންނަކަށް ނޭނގުނެވެ. އެކަމަކު އަހަރެމެން އޭނައަށްޓަކައި ދުޢާ ކުރަމެވެ. އަދި މާތް ﷲ އޭނާއަށް ހިދާޔަތާއި ރަޙުމަތް ލެއްވުން އެދެމެވެ. މި ހާދިސާއިން އަހަރެމެންނަށް ދަސްވީ، ދުނިޔޭގައި އަހަރެމެންނަށް ނުފެންނަ ޢާލަމެއް ވާކަމެވެ. ރައްކާތެރިކަން ލިބޭނީ މާތް ﷲ ގެ ޙިމާޔަތުން ކަމެވެ.
އަހަރެމެން މިހާރު ކޮންމެ ކަމެއްގައި ވެސް މާތްﷲ އަށް ބަރޯސާވެ، އެކަލާނގެ އަށް ތަވައްކުލު ކުރަމެވެ.
މި ހާދިސާ އަކީ އަހަރެމެންގެ އީމާންކަން އިތުރުވެ، ދީނީ ގޮތުން އިތުރަށް ހޭލުންތެރިވުމަށް މަގުފަހިވި ކަމެކެވެ. އަދި އަހަރެމެންނަށް ދަސްވީ، ދުނިޔެ އަކީ އަހަރެމެން ހިތަށްއަރާ ވަރަށްވު ރެ މާ ބޮޑު އަދި ސިއްރުވެރި ތަނެއް ކަމެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.