ބޮލީވުޑްގެ އެކްޓަރު އަރްބާޒްގެ އަންހެން ދަރިފުޅުގެ ނަން މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށްފި އެވެ.
މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ، އަރްބާޒްގެ ދެވަނަ ކައިވެންޏަށް މި މަހުގެ 5 ވަނަ ދުވަހު ލިބުނު ދަރިފުޅުގެ ނަމަކީ ސިޕާރާ ޚާނެވެ. މިކަން އަރްބާޒާއި އަންހެނުން ޝޫރާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
އަރްބާޒަށް ދެވަނަ ކުއްޖަކު ލިބުނު އިރު، އޭނަގެ ދޮށީ ދަރިފުޅު އަރްހާން ޚާނަށް މިހާރު 22 އަހަރެވެ. އޭނަގެ މަންމަ އަކީ މަޝްހޫރު ސެލެބްރިޓީ މަލައިކާ އަރޯރާ އެވެ. އަރްބާޒާއި މަލައިކާގެ 1998 ގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ.
މޭކަޕް އާޓިސްޓެއް ކަމަށްވާ ޝޫރާ، 35، އާއި އަރްބާޒް، 58، ކައިވެނިކުރީ ޑިސެންބަރު 24. 2023 ގަ އެވެ.