Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

މަހާޒަށް ޓެކްސް ޓްރައިބިއުނަލުން ފުރުސަތެއް ނުދިން!

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނޭ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ އެ މަގާމަށް އައްޔަން ނުކުރަން މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް މަހާޒު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. އޭނައާ ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.

ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުތަކެއްގެ ބިނާކޮށް މަހާޒް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން ވަކިކުރީ މެއި 14، ގަ އެވެ. އޭރު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް ވަކިކުރި އެވެ.