މުހައްމަދު ސަލާހުގެ ދެ ގޯލުން ޖިބޫޓީ 3-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެއްޖެ އެވެ.
މިސްރު ވޯލްޑް ކަޕަށް ކޮލިފައިވީ 9 މެޗުން 23 ޕޮއިންޓު ހޯދައިގެން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިއީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިވި ހަތަރުވަނަ ފަހަރެވެ.
މޮރޮކޯގައި ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި އިބްރާހިމް އާދިލް ވަނީ މިސްރަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 14 ވަނަ މިނެޓްގައި މިސްރުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފޯވާޑް ސަލާހު އެވެ. މިސްރުގެ ލީޑު މެޗުގެ 84 ވަނަ މިނެޓްގައި އިތުރަށް ފުޅާކޮށްދިނީ ވެސް ސަލާހު އެވެ.
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕަށް މިހާތަނަށް އެފްރިކާގެ ތިން ޓީމެއް ވަނީ ކޮލިފައިވެފަ އެވެ. މިސްރުގެ އިތުރުން ދެން ކޮލިފައިވަނީ މޮރޮކޯ އާއި ޓިއުނީޝިއާ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ އެވެ.
ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.