Last Updated: June 8, 18:49
Monday, June 8, 2026
މުނިފޫހިފިލުވުން

'ދީވާނީޔަތު' ގެ ޓްރެއިިލާ ދައްކާލައިފި

މި މަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިވާ ބޮލީވުޑްގެ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީޔަތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 21 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި އަސަރު ގަދަ ލޯބީގެ ލީޑް ތަރިންނަކީ ހާޝްވަރުދަން ރާނޭ އާއި ސޯނަމް ބަޖްވާ އެވެ. ހާޝް އަކީ ކުރިން ވެސް ވަރަށް ކާމިޔާބު ލޯބީގެ ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. އެއީ ޕާކިސްތާންެ ބަތަލާ މަރްވާ ހޮކޭން ކުޅުނު ހަމައެކަނި ބޮލީވުޑްގެ ފިލްމު ކަމަށްވާ 2019 ގެ "ސަނަމް ތޭރީ ގަސަމް" އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އޭކް ދީވާނޭ ކީ ދީވާނީޔަތު" އަކީ މިލަޕް މިލަން ޒަވޭރީ ލިޔެ، ޑައިރެޓްކޮށްފައިވާ ފިލްމެކެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖޯން އަބްރަހަމްގެ 2018 ގެ "ސަތިއަމޭވް ޖަޔަތޭ" ގެ ސީކްއެލް، 2021 ގެ "ސަތިއަމޭވް ޖަތަޔޭ 2" އެވެ.