Last Updated: June 8, 19:00
Monday, June 8, 2026
މުނިފޫހިފިލުވުން

ޝިލްޕާ ގައުމުން ބޭރުން ދަތުރު ކުރުން މަނާކޮށްފި!

ބޮލީވުޑްގެ ބަތަލާ ޝިޕްލާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދުރާއާ ދެކޮޅަށް ދާދި ފަހުން ހުށަހެޅި މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ ދެމަފިރިން ގައުމުން ބޭރަށް ދަތުރު ކުރުން މުމްބާއީ ހައި ކޯޓުން މަނާކޮށްފި އެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ މީހުންނަށް މި ދަނޑިވަޅުގައި ގައުމުން ބޭރަށް އެއްވެސް ތާކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ދެމަފިރިންގެ ފަރާތުން ވަނީ ދަތުރު ކުރުމުގެ ހުއްދަ ދިނުމަށާއި ޕްރޮފެޝަނަލް ކަމެއްގައި މި މަހުގެ ތެރޭގައި ސްރީ ލަންކާ އަށް ވެސް ދާން ހަމަޖެހިފައިވާތީ ދަތުރު ކުރުމުގެ ހުއްދަ އަށް އެދިފަ އެވެ.

އެކަމާ ގުޅިގެން ކޯޓުން މިހާރު ވަނީ އެ ދަތުރާ ބެހޭ ހުރިހާ ތަފުސީލެއް މި މަހުގެ 14 ގެ ކުރިން ކޯޓާ ހިއްސާކޮށް ދިމުނަށް އެދިފަ އެވެ.

ޝިލްޕާ އާއި ފިރިމީހާގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް، އެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ މުމްބާއީގެ ވިޔަފާރިވެރިއެެއް ކަމަށްވާ ދީޕަކް ކޮތާރީ ކިޔާ މީހެކެވެ. އޭނަ ބުނެފައިވާ ގޮތުގައި ޝިލްޕާގެ ދެމަފިރިންނާ ގުޅިގެން ވިޔަފާރިއަކަށް އިންވެސްޓްކުރަން ހޯދި 60.4 ކްރޯޑް ރުޕީސް (6.9 މިލިއަން ޑޮލަރު) އަށް އެ މީހުން ހިޔާނަތްތެރިވެ، އެ ފައިސާ އެ މީހުން އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް އޮޅުވާލާފައިވެ އެވެ.

އެ މައްސަލަ ދީޕަކް މުމްބާއީގެ އިކޮނޮމިކް އޮފެންސެސް ވިންގް (އީއޯޑަބްލިއު) އަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ އެ އިދާރާ އިން ވެސް ބަލަމުން އަންނަ އިރު، މި ހަފުތާގެ ތެރެގައި ޝިޕްލާ ހާޒިރުކޮށް ސުވާލުކޮޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި ފަހަރު މަތިން ޝިލްޕާގެ ދެމަފިރިންގެ މައްޗަށް މަކަރާއި ހީލަތުގެ ގިނަ ތުހުމަތުތަކެއް އެކި ފަރާތްތަކުން ކޮށްފައިވެ އެވެ. ޝިލްޕާގެ ފިރިމީހާ ރާޖް އަކީ ބަހަރަނާ ފިލްމު ހަދައި، އެ ދައުރުކޮށް އާމްދަނީ ހޯދާކަމަށް ތުުހުމަތުގައި ހައްޔަރުކޮށް 2021 ގައި ޖަލަށް ވެސް ލި މީހެކެވެ.