Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޕްރިންސިޕަލުންގެ މަހާސިންތާ ހޮނިހިރުގައި ފަށަނީ

ސްކޫލްތަކުގެ ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.

މި މަހާސިން ތާއަކީ ސްކޫލްތައް ހިންގުމުގަ އާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލުންގެ މި އަހަރުގެ މަހާސިންތާ އެހެން އަހަރުތަކުގެ މަހާސިންތާތަކާ ތަފާތުވާނެ ކަމަށެވެ.

މި މަހާސިންތާއާ ބެހޭ ގޮތުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިއހަރު ބާއްވާ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ ދުނިޔޭގެ ކުރިއަރާފައިވާ ތަޢުލީމީ ނިޒާމްގެ ބިދާއިން ބާއްވަނީ ޓީޗަރުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މަހާސިންތާގައި ޓީޗަރުން ތަމްރީން ކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެ ދާއިރާ އަށް ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މަހާސިންތާގެ ތައްޔާރީތަކަށް ޓީޗަރުންނާއި ޕްރިންސިޕަލުންގެ ޚިޔާލުތައް ހޯދާ މަޝްވަރާކުރުމަށް ދުރާލައި ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައިވެ އެވެ.

ޕްރިންސިޕަލުންގެ މަހާސިންތާ އޮންނާނީ މި މަހުގެ 11 އާއި 12 ގައި ކްރޮސް ރޯޑްސްގަ އެވެ.