Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޑްރަގާ އެކު ހައްޔަރުކުރި އިސް ވަކީލު ދޫކޮށްލައިފި

ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިގެން އިއްޔެ ރޭ ހައްޔަރު ކުރި އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒް ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި އޭނައާ އެކު ފިރިމީހާ އަހްމަދު އަޒްހާދު ވެސް ހައްޔަރުކުރި އެވެ.

ދެމަފިރިންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފައެނާ ދޫކޮށްލައި، ފިރިމީހާގެ ކޯޓުން 15 ދުވަސް ޖަގާފައިވެ އެވެ.

ކޯޓުން ފައެނާ ދޫކުރީ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗަށް ފިރިމީހާ ޒިންމާވުމުންނެވެ.

ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭނަ އޭޖީ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެންބަރު 2013 ގަ އެވެ.