Last Updated: July 4, 09:19
Saturday, July 4, 2026
ޚަބަރު

ހިދުމަތާ އަލަށް ގުޅުނު 40 ފުލުހަކު ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ޖުވެއިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު އަހުމަދު ޝަރީފް އެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހުންނެވެ. އެއީ އަންހެން 17 ފުލުހުންނާއި ފިރިހެން 23 ފުލުހުންނެވެ.

ހުވާކުރުމަށްފަހު ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.