Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އިދިކޮޅު މީހުން އޭސީސީ އަށް ހާޒިރު ކުރަނީ ފަހަތަށް ޖައްސަން

ކުރީ ސަރުކާރުގެ މިނިސްޓަރުންތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ހާޒިރު ކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށާއި މިއީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ސަރުކާރުގެ ތިން މިނިސްޓަރަކު އޭސީސީ އަށް ހާޒިރުވާ މިހާރު އިޮތީ އަންގައިފަ އެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެމްޑީޕީން މިދިޔަ ހަފުތާގައި ސަރުކާރަށް ދެކޮޅަށް "ލޫޓްވައިފި ލޫޓްވައިފި" ގެ ނަމުގައި ބޮޑު އެއްވުމެއް ބާއްވައި، ސަރުކާރު ދެކޮޅު ހަރަކާތްތައް އުތުރު ކުރަން މަސައްކަތް ކުރަމުން އަންނަނިކޮށް ސިޔާސީ މަޝްރަހުގައި މި ވަގުތު މި ހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށް ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިބޫ ވިދާޅުވި އެވެ.

އެ މަނިކުފާނު ސޯލިހު ވިދާޅުވީ މާޒީގައި މިކަން ހިނގައިދިޔަ ގޮތް އެނގޭ ކަމަށާއންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި، ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބުވާނެ މިފަދަ ކަންކަމުން ދުރުވެ އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ވެސް ކުރައްވާ ކަމަށެވެ.