Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޓްރޭޑްނެޓްގެ ނަން ބަދަލުކޮށްފި

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ބަދަލުކޮށްފި އެވެ.

އެގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

ޓްރޭޑްނެޓަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ގޮތަށް އޮކްޓޯބަރު 13، 2019 ގައި އުފެއްދި ކުންފުންޏެކެވެ.

މިއީ ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށް ދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަޤްޞަދުގައި އުފެއްދި ކުންފުންޏެކެވެ.

އެކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް އަށް ބަދަލު ކުރަން ނިންމީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028: ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަން ގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަޞައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީ ގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއް ކަމަށް ފެންނާތީ ކަމަށް ރައީސްގެ ގަރާރުގައި ބުނެފައިވެ އެވެ.