Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ނަފުސާނީ ދުޅަހެޔޮ ކަމަކީ އަސާސީ ހައްގެއް: ރައީސް

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާ އަށް އަސާސީ ހައްގެއް ކަމަށް ރައީސް ޑރ.މު ހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި އެ މަނިކުފާނު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގައި އިންސާނީ އެންމެ އަސާސީ ހައްޤުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެ ހައްޤު ކަށަވަރުކޮށް ދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "އިންސާނީ ކާރިސީ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް" އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ކަ މި ޝިއާރަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ. ހާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް، އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކމަަށް ވިދާޅުވި އެވެ.

އެހެންވެ ހުރިހާ ފަރާތްތަކަކުން ވެސް އެކަމަށް އިޖާބަދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅިވީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން އިސްކަންދޭ އިރުމ އެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މޫސުމީ، ޞިއްޙީ އަދި އިންސާނީ ކާރިސާ ފަދަ ކަންކަމުގައި ކުރިމަތިވާ ނަފްސާނީ ކަންކަމަށް އެހީތެރިވެވޭނޭހެން ކަންކަން ބައްޓަންކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 10 ފާހަގަކުރަނީ މެންޓަލް ހެލްތު ޑޭ ނުވަތަ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގަ އެވެ.