ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން ޕްރޮޑިއުސްކުރާ ފުރަތަމަ ސީރީޒްގެ ވާކިން ޓައިޓްލް އަކީ "ސްޓޯމް" ކަން މިއަދު އިއުލާންކޮށްފި އެވެ.
މިއީ އޭނަގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އެޗްއާރްއެކްސް ފިލްމްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒެކެވެ.
ރަށް އަވަހަށް ޝޫޓިން ވެސް ތައްޔާރުވަމުން އަންނަ "ސްޓޯމް" ގެ ޑައިރެކްޓަރަކީ ސޮނީ އެންޓަޓައިންމަންޓްގެ ސްޓްރީމް ޕްލެޓްފޯމް، ސޮނީ ލިވް އަށް 2021 ގައި ތުރިލާ "ޓަައްބަރު" ގެނެސްދިން އަޖިތުޕަލް ސިންގް އެވެ.
ސޯޝަލް ތުރިލާއެއްގެ ގޮތުގައި ހަދާ "ސްޓޯމް" އަށް ފަސް ބަތަލާއަކުު ނަގާފައިވެ އެވެ. އެއީ އަލާޔާ ފަރްނީޗަރުވާލާ އާއި ޝްރިޝްތީ ސްރިވާސްތާވް އާއި ރާމާ ޝަރުމާ އާއި ޕާރްވަތީ ތިރުވޮތޫގެ އިތުރުން ރިތިކްގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދެވެ.