Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

މިދިޔަ މަހު ބޭސްފަރުވާ އަަށް 21 މިލިއަން ރުފިޔާ

މިދިޔަ މަހު އެންސްޕާއިން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް 21.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިއީ ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފައިސާގެ އަދަދެވެ.

އެންސްޕާއިން އާންމުކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 8.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ރާއްޖެއިން ފަރުވާ ހޯދުމަށް 12.9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިދިޔަ މަހު އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14،790 މީހަކަށް މާލީ އެހީގެ ގޮތުގައި 52،818،000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ މަހު އަލަށް މި ދަފްތަރުގައި 144 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

މީގެއިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި، 698 މީހަކަށް ކާބޯތަކެތި ގަތުމަށް މިދިޔަ މަހު އެންސްޕާއިން 25،640 ރުފިޔާ ހަރަދުކުރި އިރު، އަލަށް 3 މީހަކަށް މިއެހީ ފޯރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.