* ރީތިކަން ވަނީ ކޮންތާކުތޯ މީސްތަކުން ތިބާއާއި ސުވާލު ކުރާނެ އެވެ. އެމީހުންނަށް ބުނާށެވެ. ރީތިކަން ވަނީ މާތްﷲ އަށް ބިރުވެތިވާ މޫނުތަކުގަ އެވެ.
* މީސްތަކުންގެ ޙައްގުތަކަށް އަރައިގަތުމަށް ފަހު ބައެއް މީހުން ޙަރާމް ޙަލާލާ ބެހޭ ގޮތުން ވާހަކަ ދައްކަ އެވެ.
* މި ޒަމާނުގައި އިތުބާރު ކުރެވޭ މީހުން ވަރަށް މަދެވެ. އެފަދަ މީހަކާ ދިމާވެއްޖެ ނަމަ އެ މީހާ ދޫކޮށްނުލާށެވެ.
* މީސްތަކުން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެ އެވެ. ޕަރުވާނާ އަަބަދުވެސް ބައްތިއާ ހަމަލާ ދޭނެ އެވެ.
* ކޮންމެ ހިތަކީ ވެސް އަހަރެމެންގެ ހިތް ކަހަލަ ހިތެއް ކަމުގައި ބަލައި އަހަރެމެންގެ ނަފުސާ މެދު އަހަރެމެން ކުށްހީކޮށްފީމު އެވެ.
* ބައެއް މީހުންނަށް ތިބާގެ ހިތުގައި އެމީހުންނަށް ދެވިފައިވާ ޤަދަރާއި މަޤާމު އެނގޭ ނަމަ، ތިބާއާ މެދު އެ މީހުން މުޢާމަލާތު ކުރާ ގޮތާ މެދު ލަދުވެތި ވާނެ އެވެ.
* އަބާއްޖަވެރިކަމުގެ ތެރޭގައި ތިމާގެ ޢައިބުތައް ހަނދާން ނައްތާލުމަ ށްފަހު އެހެން މީހުންގެ ޢައިބުތައް ހޯދަން މަސައްކަތް ކުރުން ހިމެނެ އެވެ.
* އެންމެންނަކަށް ހުރިހާ ކަމެއް ނުވިސްނޭނެ އެވެ. އެހެންކަމުން އެންމެންނަށް ހުރިހާ ކަމެއް ވިސްނައި ދޭން މަސައްކަތް ނުކުރާށެވެ.
* އިމާމު އަޙްމަދު ވިދާޅުވެފައި ވެއެވެ؛ ޙަލާލު ކާބޯތަކެތި ކެއުމުން ހިތަށް ހަމަޖެހުން ލިބި ހިތް މަޑުވެގެންދާނެ އެވެ.
* ތިބާގެ ޙަޔާތުން މީސްތަކުން ފޭދިގެންދާތީ ބިރު ނުގަންނާށެވެ. އެމީހުން ރުއްސުމަށްޓަކައި ތިބާގެ ނަފުސު ހަލާކުވެގެން ހިނގައިދާނެތީ އެކަމާ ބިރުގަންނާށެވެ.
* މަޑުމައިތިރިކަމާއި ފަރުވާކުޑަކަން އިޚްތިޔާރުކޮށް، އަދި އެހެން މީހުންގެ މައްޗަށް ބަރޯސާވެ އޭނާގެ އުއްމީދުތައް ޙާޞިލުކުރަން މަސައްކަތްކުރާ މީހާގެ މަސައްކަތްތައް ނާކާމިޔާބުވެގެން ދާނެ އެވެ. އަދި އޭނާ ނާކާމިޔާބުކަމާއި ގެއްލުމުގެ ފޭރާން ދަމަމުން ނިކަމެތިކަމާއެކު އެނބުރި އަންނާނެ އެވެ.
* އުފާވެރިކަމުގެ އިޙްސާސްތައް ލިބެނީ ތިބާ އަމިއްލައަށް ލަނޑުދަނޑިއެއް ކަނޑައަޅައި، ދެން އެ ލަނޑުދަނޑި ޙާޞިލު ކުރުމަށް ބުރަކޮށް މަސައްކަތްކޮށް، އަދި އެކަން ޙަޤީޤަތުގައި ވެސް ޙާޞިލު ކުރުމުންނެވެ.
* ބައެއް ފަހަރަށް ހަމަހިމޭންކަން އިޚްތިޔާރު ކުރަން ޖެހެ އެވެ. އެއީ ބައެއް ކަންކަމަކީ ވާހަކައިން ފަރުވާ ލިބޭނެކަންކަން ކަމުގައި ނުވާތީ އެވެ.
* ތިބާގެ ފުރަގަހުގައި ހިނގަމުންދާ ކޮންމެ ކަމެއް ހިނގަމުން ދަނީ އެކަލާނގެ ކުރިފުޅުމަތީގަ އެވެ. އެކަލާނގެ ލަސްކޮށްލައްވަ އެވެ. ނަމަވެސް އިހުމާލުވެވޮޑިއެއް ނުގަންނަވަ އެވެ.
* ދުނި ޔެއަކީ ލުއި ފަސޭހަ ތަނަކަށްވި ނަމަ ސުވަރުގޭގެ ދޮރުކޮޅެއް ކަމުގައި ކެތްތެރިކަން ނުވީހެވެ.
* އިންސާނާގެ ރީތިކަމުގެ ދެބައިކުޅަ އެއްބަޔަކީ އޭނާގެ ދުލެވެ.
* ޙައްޤުގެ އަހުލުވެރިންގެ ބަސް މީހުން ޤަބޫލެއް ނުކުރާނެ އެވެ. ނަމަވެސް މީސްތަކުން ތެދުކުރާނީ އެންމެ ބޮޑަށް ޑްރާމާ ޖައްސާ މީހެއްގެ ވާހަކަ އެވެ.
* "ތިބާ އިންސާނުންނަށް ކިތަންމެ ޚިދުމަތެއް ކުރިޔަސް، އަދި އެ މީހުންގެ ޙައްޤުގައި ކިތަންމެ ޤުރުބާނީއެއް ވިޔަސް، ތިބާ އެކަން ހުއްޓާލައިފި ނަމަ އެމީހުންގެ ފަރާތުން ނުރުހުމުގެ ބަސް ލިބޭ މީހަކަށް ތިބާ ވެގެންދާނެ އެވެ.
މައުލޫމާތު: ޝެއިހް މޫސާ އަންވަރު ހަސަން