އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބެޑްމިންޓަން ފިއެސްޓާ މި މަހުގެ 16 ގައި ފަށާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
މި މުބާރާތް އެ ތާރީހުން ފެށިގެން މި މަހުގެ 25 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
"އައްޑޫ ބެޑްމިންޓަން ފިއެސްޓާ" އަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ކައުންސިލުން ބުންޏެވެ.
މީގައި ބައިވެރިވާން ދިން މުއްދަތު ހަމަވީ މި މަހުގެ 2 އަށެވެ.
"އައްޑޫ ބެޑްމިންޓަން ފިއެސްޓާ" ކުރިއަށް ގެންދަން ނިންމާފައި އޮތީ ހިތަދޫ ޔޫތު ސެންޓަރުގެ ބެޑްމިންޓަން އެރީނާގަ އެވެ. މި މުބާރާތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކައުންސިލުން މިހާރު އަންނަނީވަމުންނެވެ.