Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ޕްރިންސިޕަލުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްތްރީން އިންތިޒާމުކޮށްގެމް ފެށި މަހާސިންތާގައި ރާއްޖޭގެ އެކި ސްކޫލްތަކުން 210 ޕްރިންސިޕަލުން ބައިވެރިވެ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދާ ޕްރިންސިޕަލުންގެ މަހާސިންތާ އިފުތިތާހްކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.

ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ ޓީޗަރުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ. މި ފަހަރުގެ މަހާސިންތާގައި ޠީޗަރުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގު ޅޭގޮތުން މަޝްވަރާކޮށް މިދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ހޯދަން ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.