Last Updated: July 25, 09:20
Saturday, July 25, 2026
ޚަބަރު

އައްޑޫގައި ސްކޭޓް ކޭމްޕެއް ބާއްވަނީ

އަންނަ މަހު އައްޑޫގައި ސްކޭޓް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ސްކޭޓް ޖަމިއްޔާއެއް ކަމަށްވާ ފަސްޓް ބްލޭޑާ ގުޅިގެން އިންތިޒާމުކުރާ "އައްޑޫ ސްކޭޓް ކޭމްޕް 2025" ބާއްވާނީ އަންނަ މަހުގެ 1-15 އަށެވެ. އެ އިވެންޓް ކުރިއަށް ގެންދާނީ މަރަދޫފޭދޫގައި ހަދާފައިވާ ސްކޭޓް ޕާކްގެ އިތުރުން ހިތަދޫ ސިޓީ ސްކެއާގަ އެވެ.

ކައުންސިލުން ބުނީ ސްކޭޓް ކޭމްޕަކީ ޕްރޮފެޝަނަލްކޮށް ސްކޭޓްކުރާ މީހުންނާއި އަލަށް ފަށައިގަންނަ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ކޭމްޕެއް ކަމަށެވެ.

މީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.

ސްކޭޓް ކުރުމަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މަގުބޫލުވަމުން އަންނަ ކުޅިވަރަކެވެ.