Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކްރޮސްރޯޑްސްގައި ދަރިވަރުންނަށް ކޭމްޕް އޭރިއާއެއް

ސްކޫލް ދަރިވަރުން ކޭމްޕް ހަރަކާތްތައް ހިންގަން ހާއްސަ ތަނެއް ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

އެތަން މިއަދު ހުޅުވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ކްރޮސް ރޯޑްސްގައި ހުޅުވި ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.

އެތަނުގައި ކެޑޭޓާއި، ގައިޑާއި އަދި ސްކައުޓް ކޭމްޕްތައް ބޭއްވޭނެ އެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ މިއީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި އެތަން ބޭނުން ކުރެވޭނެ ކަމަށެވެ.

ކޭމްޕް އޭރިއާ ހަދާފައި ވަނީ ތިން ހެކްޓަރުގެ ސަރަހައްދެއްގައެވެ. އެތަނުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރި އާއި މިސްކިތެއް ވެސް ހުރެ އެވެ.

މިފަދަ ތަނެއް މާލެ ސަރަހައްދުގައި މި ހުޅުވީ އެފަދަ ވަސީ،ލަތެއް ނެތްތާ 15 އަހަރު ފަހުންނެވެ.