ސިވިލް ހާޒިރު ކުރަން އައްޑޫ ހިތަދޫ މީހަކި ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ހޯދަނީ އެ އަވަށު އިރުކޭތަލަމާގޭ ޙަސަން ނަޒީފް، 48، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރި 12:30 އަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެހެންވެ ނަޒީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.