Last Updated: June 20, 13:43
Saturday, June 20, 2026
ޚަބަރު

ދެކުނަށް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ގއ.އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. މި އެލާޓް ނެރެފައި ވަނީ ހަވީރު 3:15 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.