ސައުދީ އަރަބިއްޔާގައި ބާއްވާ އެންޓަޓައިންމަންޓް ފޯރަމެއްގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާނުން އެކީގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އާމިރު ޚާނާއި ޝާހްރުކް ޚާންގެ އިތުރުން ސަލްމާން ޚާން ބައިވެރިވާނީ މި މަހުގެ 16 ގައި ފަށާ "ޖޯއި ފޯރަމް: ދަ ނިއު އޭޖް އޮފް އެންޓަޓައިންމަންޓް" ގަ އެވެ. އެގޮތުން ފޯރަމްގެ ދެވަނަ ދުވަސް ކަމަށްވާ 17 ވަނަ ދުވަހު ބާއްވާ ޕެޝަލް ޑިސްކަޝަނެއްގައި ސްޕީކަރުންގެ ގޮތުގައި ތިން ޚާނުން ވެސް ބައިވެރިވާނެ އެވެ.
"ޖޯއި ފޯރަމް" ބާއްވަން ހަމަޖެހިފައި ވަނީ ސައުދީގެ ވެރިރަށް، ރިޔާދުގެ ބޮލެވާޑްގެ އެސްއީއެފް އެރީނާގަ އެވެ.
މި ފޯރަމަކީ ސައުދީގެ ޖެނެރަލް އެންޓަޓައިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތިން ޚާނުން ފޯރަމްގައި ބައިވެރިވާނެކަން ރަސްމީކޮށް ހިއްސާކުރެއްވީ ޖީއެމްއޭގެ ޗެއާމަން ތުރްލީ އަލްސިކެވެ.
Cinema legends all in one place 🎥
Shah Rukh Khan, Salman Khan, and Aamir Khan come together as speakers in a special panel at Joy Forum 2025 on October 17 🤩🔥Register now 👇https://t.co/r5c5Obp9CH#RiyadhSeason pic.twitter.com/1QQvNWnesy
— TURKI ALALSHIKH (@Turki_alalshikh) October 10, 2025
"ޖޯއި ފޯރަމް" ގެ ތެރޭގައި މުނިފޫހި ދާއިރާއާ ގުޅޭ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ސައުދީގައި ބާއްވަމުން އަންނަ "ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" އަކީ ވެސް ބޮލީވުޑްގެ ތަރިން އާންމުކޮށް ބައިވެރިވާ އިވެންޓެކެވެ. މި އަހަރުގެ އެ ފެސްޓިވަލް އޮންނާނީ ޑިސެންބަރު 4-13 އަށެވެ.